ކުޅިވަރު / ޚަބަރު

ޖުމްލަ 71 ރަށެއްގައި އައުޑްޑޯރ ޖިމް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި

ޖުމްލަ 71 ރަށެއްގައި އައުޑްޑޯރ ޖިމް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި

އައުޓްޑޯރ ޖިމްއެއްގައި ޒުވާނުންތަކެއް ކަސްރަތު ކުރަނީ، ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

19 އޯގަސްޓު 2025، 08:54

19 އޯގަސްޓު 2025، 08:54

ޖުމްލަ 71 ރަށެއްގައި އައުޑްޑޯރ ޖިމް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭބަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތަކީ، 2026ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯރ ޖިމް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.

މި މަސައްކަތާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ.

މި އެއްބަސްވުންތަކާއެކު ސަރުކާރުގެ ކުންފުނިތަކާ މިހާރު ވަނީ ޖުމްލަ 102 އައުޓްޑޯރ ޖިމް ޤާއިމްކުރުމާ ހަވާލުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށްދާކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. 

މީގެއިތުރުން މި އަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން