Ads by Stelco

ޚަބަރު

މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރިން ހިމެނޭހެން ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު ދެނީ

މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރިން ހިމެނޭހެން ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު ދެނީ

ރައްޔިތުންގެ މަޖިލިސް، ފޮޓޯ: ވޮއިސް

farudhun logo

ފަރުދުން

19 އޯގަސްޓު 2025، 09:58

19 އޯގަސްޓު 2025، 09:58

މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރިންނަށް ނޫސްވެރިކަން ރެގިއުލޭޓްކުރުމާއެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ޤާނޫނީ ބާރު ލިބިދޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލުގައިވާގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، ޤާނޫނީ އިތުރު ބާރުތަކަކާއެކު އުފައްދާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލުގެ މަޤުސަދު ހާމަކުރައްވަމުން މެމްބަރު އަބްދުލްހަންނާނު ވިދާޅުވީ، ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށްކަމަށެވެ. 

ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން. ނަމަވެސް މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށް. މިގޮތުން މި ކޮމިޝަންގައި ހިމެނޭ 7 މެންބަރުން ކުރެ 4 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުން.

ބިލުގެ މަޤުސަދު ހާމަކުރައްވަމުން މެމްބަރު އަބްދުލްހަންނާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ފުރަތަމަ ކިއުން އިއްވަން ވަނީ އެޖެންޑާކޮށްފައެވެ. 

މީގެއިތުރުން، އެ ބިލުގައި ބުނާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާނީ 7 މެންބަރުންނެވެ. އޭގެތެރެއިން މަޖިލީހުގެ ރުހުމާއެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. 

މީގެއިތުރުން އެ ބިލު އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭއިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންދާނެއެވެ.

މީގެއިތުރުން ނޫހަކާ ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، ނޫހެއްގެ ވެބްސައިޓް ބްލޮކްކުރުމާއި އަދި ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު، މި ބިލާއެކު މީޑިއާ ކޮމިޝަނަށް ލިބޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން