Ads by Stelco

ޚަބަރު

އެމް.އެން.ޔޫ. ގެ ޕީ.އެޗް.ޑީ. ޕްރޮގްރާމްތަކަށް ހޮވޭ އިމާމުންނަށް ކޯހުގެ ހުރިހާ ޚަރަދެއް ވުޒާރާއިން

އެމް.އެން.ޔޫ. ގެ ޕީ.އެޗް.ޑީ. ޕްރޮގްރާމްތަކަށް ހޮވޭ އިމާމުންނަށް ކޯހުގެ ހުރިހާ ޚަރަދެއް ވުޒާރާއިން

ޒުވާން ޚަޠީބުންނާއި އިމާމުންނަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

farudhun logo

ފަރުދުން

19 އޯގަސްޓު 2025، 12:39

19 އޯގަސްޓު 2025، 12:39

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން މިހާރު އިޢުލާނުކޮށްފައިވާ އިސްލާމީ ޝަރީޢާ ދާއިރާގެ ޕީ.އެޗް.ޑީ ކޯހަށް ހޮވޭ އިމާމުންނަށް، ކޯހުގެ ހުރިހާ ޚަރަދެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިދިނުމަށް ކަނޑައަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން، އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، އިމާމުންނަށް ޕީ.އެޗް.ޑީ. އާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ތަޞައްވުރުގެ ދަށުން، މިހާރު އެމް.އެން.ޔޫ. އިން އިޢުލާންކޮށްފައިވާ އިސްލާމީ ޝަރީޢާ ދާއިރާ އިން ޕީ.އެޗް.ޑީ. ކޯހަށް ހޮވޭ ފަރާތްތަކުގެ ކޯހުގެ ހުރިހާ ޚަރަދެއް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އިން ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ.) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ.) އިން އިސްލާމިކް ޝަރީޢާ އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މި ކޯސްތަކަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލެވެ.

އިސްލާމީ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކޯހުގެ ޚަރަދުގެ އިތުރުން، އިމާމުންނަށް ދެވޭ އިތުރު ޢިނާޔަތެއްގެ ގޮތުގައި ޕޮކެޓް މަނީ ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ވަޒީރު ވަނީ މި ކޯސްތަކަށް ވީހާވެެސް ގިނަ އިމާމުން ކުރިމަތިލުމަށް އިލްތިމާސްކުރައްވައިފައެވެ.

އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން، މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ޕީ.އެޗް.ޑީ. އާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ މީގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން