Ads by Stelco

ޚަބަރު

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޯގަސްޓު 2025، 02:12

19 އޯގަސްޓު 2025، 02:12

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށް އެ ވުޒާރާއިން  ވިދާޅުވެއެވެ. ހަމަ އެހެންމެ، މި މަޝްރޫޢު ނިމިގެންދާއިރު ޤުރުއާން ސެންޓަރުގައި އޮފީސް ޖާގައަކާއި، ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ރޫމަކާއި، ކްލާސްރޫމާއި، ކޮންފަރެންސް ހޯލެއް، އަދި ލައިބްރަރީވެސް ހިމެނޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝރޫޢަކީ، ސަރުކާރުގެ ޤުރުއާން ޢިލްމު ފެތުރުން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ ޚާއްޞަ މަޝްރޫޢުއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން