ޚަބަރު
ށ. ގޮއިދޫ އައު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ށ. ގޮއިދޫ އައު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ށ. ގޮއިދޫގައި އައު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިކަމަށްޓަކައި ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގޮއިދޫގައި އަލަށް ތަރައްޤީކުރާ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި އަދި ލައިބްރަރީ ހިމެނޭހެން އިމާރާތް ކުރާ މިސްކިތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ، އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމާއެކު މިސްކިތްތައް ތަރައްޤީކޮށްފައެވެ.