Ads by Exprox

ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި!

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި!

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ:ކަސްޓަމަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 07:06

27 އޯގަސްޓު 2024، 07:06

ހުލާސާ


ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. 

ކަސްޓަމްސްއިން މިކަމާ ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 11.62 ކިލޯއެވެ. މީގެ ތެރޭގައި ހިމެނެނީ 0.680 ކިލޯގެ ކެތިނޯން، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިންހިމެނެއެވެ.

މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9.86 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco