ދުނިޔެ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅިފައިވާ އައު ހުށަހެޅުމަކީ މިވަގުތު ދެވެން އޮތް އެންމެ ރަނގަޅު ހުށަހެޅުން: ޤަތަރުގެ ޚާރިޖިއްޔާ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅިފައިވާ އައު ހުށަހެޅުމަކީ މިވަގުތު ދެވެން އޮތް އެންމެ ރަނގަޅު ހުށަހެޅުން: ޤަތަރުގެ ޚާރިޖިއްޔާ

ޤަޠަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2025، 05:10

19 އޯގަސްޓު 2025، 05:10

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅިފައިވާ އައު ހުށަހެޅުމަކީ މިވަގުތު ދެވެން އޮތް އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ޤަޠަރުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ޤަޠަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ވިދާޅުވެފައިވަނީ ހަމާސްއިން ޤަބޫލުކޮށްފައިވާ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅިފައިވާ އެންމެ ފަހުގެ ހުށަހެޅުމަކީ، ކުރިން އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ހުށަހަޅުއްވާފައިވާ އަދި އިސްރާއީލުން ޤަބޫލުކޮށްފައިވާ ޕްލޭނާ ވަރަށް ބޮޑަށް އެއްގޮތް ހުށަހެޅުމެއް ކަމަށެވެ.

މިއަދު ދޯހާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލް-އަންސާރީ ވިދާޅުވީ، ހަމާސްއިން ޤަބޫލުކޮށްފައިވާ މި ހުށަހެޅުމުގައި ދާއިމީ ހަނގުރާމަ ހުއްޓުވުމުގެ މަގެއް ހިމެނޭ ކަމަށާއި، މިއީ ޣައްޒާގެ އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މިވަގުތު ދެވެން އޮތް އެންމެ ރަނގަޅު ހުށަހެޅުން ކަމަށެވެ.

މެދުވެރިން މިހާރު އިސްރާއީލުގެ ޖަވާބަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ޖަވާބު ދިނުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނެތް ނަމަވެސް، އިސްރާއީލުން މި މައްސަލަ ދިރާސާކުރަމުންދާކަން އެނގިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަވަސް އަދި އެދެވޭ ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަލްޖަޒީރާ ޗެނަލްގެ ނޫސްވެރިއެއް ކަމަށްވާ ތާމިރު އަލް-މިސްހާލް ވިދާޅުވާ ގޮތުގައި، އައު ހުށަހެޅުމުގައި ހިމެނެނީ  އިސްރާއީލްގެ 10 އަސީރުން (ދިރި ތިބި) އަދި 18 ހަށިގަނޑު، 1،700 ފަލަސްޠީނު އަސީރުންނާ ބަދަލުކުރުމެވެ. މީގެ ތެރޭގައި އުމުރު ދުވަހުގެ ޙުކުމް އިއްވާފައިވާ 45 މީހުންނާއި، ދިގު މުއްދަތުގެ ޙުކުމް އިއްވާފައިވާ 15 މީހުން ހިމެނެއެވެ.

60 ދުވަހުގެ ހުއްޓުމެއްގެ ތެރޭގައި އިސްރާއީލްގެ 8 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މުއްދަތުގައި ފުރިހަމަ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެއެވެ. އަދި ހުއްޓުމުގެ 50 ވަނަ ދުވަހު އިތުރު 2 އަސީރުން ދޫކޮށްލެވޭނެ ކަމަށާއި، އިސްރާއީލްގެ އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން ހަވާލުކުރެވޭނެ ކަމަށް އަލް-މިސްހާލް ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން