Ads by Stelco

ޚަބަރު

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިމަށް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓައިފި

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިމަށް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓައިފި

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިމަށް ވަދެ އުޅުނު މަސްބޯޓު. ފޮޓޯ: އެމް.އެން.ޑީ.އެފް.

farudhun logo

ފަރުދުން

20 އޯގަސްޓު 2025، 10:43

20 އޯގަސްޓު 2025، 10:43

ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ. އެމް.އެން.ޑީ.އެފް. އިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ. އެމް.އެން.ޑީ.އެފް. އިން ޢާންމުކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، ބޯޓުގެ ނަމަކަށް ކިޔަނީ "MELEENA FISHING LINE" އެވެ.

އެމް.އެން.ޑީ.އެފް އިން ހާމަކޮށްފައިވާ ގޮތުގައި، މިބޯޓު ކޯސްޓު ގާޑުގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ. ބޯޓު ހިފެހެއްޓިއިރު، ބޯޓުގައި 6 މީހުން ތިބިކަމަށް އެމް.އެން.ޑީ.އެފް. އިން މަޢުލޫމާތު ދެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން