ކުޅިވަރު

މިރާލްގެ ޤައުމީ 10 ރެކޯޑުގެ ތެރެއިން އެއް ރެކޯޑު އާކޮށްފި

މިރާލްގެ ޤައުމީ 10 ރެކޯޑުގެ ތެރެއިން އެއް ރެކޯޑު އާކޮށްފި

މިރާލްގެ ޤައުމީ 10 ރެކޯޑުގެ ތެރެއިން އެއް ރެކޯޑު އާކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 އޯގަސްޓު 2025، 10:48

20 އޯގަސްޓު 2025، 10:48

ރާއްޖޭގެ ކާމިޔާބު ފެތުންތެރިޔާ، މިރާލް ޢައިން ލަތީފްގެ އަތުގައި އޮތް 10 އިންޑިވިޖުއަލް ރެކޯޑުގެ ތެރެއިން އެއް ރެކޯޑު އާކޮށްފިއެވެ.

މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މިރާލް އާކޮށްފައި ވަނީ، އަންހެނުންގެ ލޯންގް ކޯސް ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ.

އެ މުބާރާތުގައި ވާދަކޮށް، ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓު މިރާލް ފުރިހަމަކުރީ 05:57.86 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު ކުރިން އޮތީ ވެސް މިރާލްގެ އަތުގައެވެ. އެއީ، މިދިޔަ އަހަރު ޔޫކޭގައި ބޭއްވި ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 06:09.10 އިން އިވެންޓު ނިންމައިގެން އޭނާ ހެދި ރެކޯޑެކެވެ.

މި ރެކޯޑާއެކު މިރާލްގެ އަތުގައި ރާއްޖޭގެ އިންޑިވިޖުއަލް 10 ރެކޯޑަކާއި ޓީމް އިވެންޓުގެ ދެ ރެކޯޑެއް އޮވެއެވެ.

ފެތުމުން މިރާލް ހަދާފައިވާ އިންޑިވިޖުއަލް ރެކޯޑުތައް:

  • އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު

ފެތުމުން މިރާލް ހަދާފައިވާ ޓީމް ރެކޯޑުތައް:

  • އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު
  • އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު

ރޮމޭނިއާގައި މިހާރު ކުރިޔަށްދާ މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފެތުންތެރިން އިތުރު ތިން ރެކޯޑެއް ވެސް ހަދާފައިވެއެވެ. ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑާއި، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑުގެ އިތުރުން، ހަތަރެއް ގުނަ 200 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން