Ads by Stelco

ޚަބަރު

ރައީސްގެ އަރިއުތުރު ދަތުރު، މިއަދުގެ ދެވަނަ މަންޒިލަކަށް ތޮއްޑޫ

ރައީސްގެ އަރިއުތުރު ދަތުރު، މިއަދުގެ ދެވަނަ މަންޒިލަކަށް ތޮއްޑޫ

ރައީސް މުއިއްޒު ތޮއްޑޫ އަށް ވަޑައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 12:29

20 އޯގަސްޓު 2025، 12:29

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ދަށުން މިއަދު ތޮއްޑޫއަށް ވަޑައިގެންފިއެވެ. 

ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސް ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތޮއްޑޫގައި ޤާއިމުކުރެވުނު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ތޮއްޑޫ ބްރާންޗާއި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމާއި ބެޑްމިންޓަން ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އއ. އަތޮޅުގެ 8 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ތޮއްޑޫއަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ރަސްދޫއާއި އުކުޅަހަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން