ދުނިޔެ

އިސްރާއީލު ސިފައިން ޣައްޒާގައި ބަލިކަށިވަމުންދާކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ފާހަގަކޮށްފި

އިސްރާއީލު ސިފައިން ޣައްޒާގައި ބަލިކަށިވަމުންދާކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ފާހަގަކޮށްފި

ބެންޖަމިން ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 02:36

20 އޯގަސްޓު 2025، 02:36

އިސްރާއިލް ސިފައިން ޣައްޒާގައި ބަލިކަށިވަމުންދާކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ފާހަގަކޮށްފިއެވެ.

ޣައްޒާގެ މައްޗަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ކަންތައްތައް ދުނިޔޭގެ ނޫސްތަކުން ދަނީ ފާހަގަކުރަމުންދާއިރު، އިސްރާއީލުގެ ސިފައިން ބަލިކަށިވަމުންދާކަމަށާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ ބެންޖަމިން ނަތަންޔާހޫއަކީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކޮރަޕްޓް ސިޔާސީ ލީޑަރެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ޔެދިއޯތް އަހަރޯނޯތްގައި ސެފަރ ބްލޮގަރ ލިޔުއްވާފައިވާ އާޓިކަލްއެއްގައި ވިދާޅުވެފައިވަނީ ނަތަންޔާހޫއަކީ ކޮރަޕްޓް، ބޮޑާ އަދި އަޚްލާޤީ މިންގަނޑުތަކެއް ނެތް ސިޔާސަތުގެ ނިޝާނަކަށް ވެފައިވާ ކަމަށެވެ. އަދިއެތައް ހާސް އިސްރާއީލްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އޭނާ މަޤާމުން ވަކިކުރުމަށް ގޮވާލަމުންދާކަމަށް ފާހަގަކުރައްވާފައިވެއެވެ.

ޓައިމްސް ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިންގެ ތެރޭގައި ރިޒާވް ސިފައިންގެ މައްޗަށް ބޮޑަށް ބަރޯސާވާންޖެހިފައިވާތީ، އެ ބައިގައި ހަރުކަށި ޔަހޫދީން ޚިދުމަތްކުރަން އިންކާރުކުރުމާ ގުޅިގެން ބޮޑު ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް އެމެރިކާ އަދި ފްރާންސް ފަދަ ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީ ރައްޔިތުންގެ ތެރެއިން ރެކްރޫޓުން ހޯދަން މަސައްކަތްކުރާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޖާރުއްސަލަމް ޕޯސްޓްގައި ޝާމިރު މެޑިކަލް ސެންޓަރުގެ ސީއީއޯ އޮސްނަތް ކޮރާޚް ލިޔެފައިވާ އާޓިލްއެއްގައި ލިޔެފައިނީ އިސްރާއީލަށް "ޤައުމިއްޔަތަށް ބަލިމަޑުކަމެއް" ކުރިމަތިވެފައިވާ ކަމަށެވެ.

 ހަނގުރާމައިން އެނބުރި އަންނަ ސިފައިންގެ ޖިސްމާނީ ގޮތުން ދުޅަހެޔޮ ނަމަވެސް، ނަފްސާނީ ގޮތުން ޓްރޯމާގެ ޝިކާރައަކަށް ވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އަލް-އަޤްސާ ޔުނިވަރސިޓީގެ އިނގިރޭސި ބަހުގެ ޑިޕާޓްމަންޓްގެ ވެރިޔާ އަހްމަދު ކަމާލް ޖަނީނާ ގާޑިއަން ނޫހަށް ލިޔުއްވާފައިވާ އާޓިކަލްއެއްގައި ވިދާޅުވެފައިވަނީ ބަނޑުހައިހޫނުކަމާއި ހިތާމައިގެ ތެރޭގައި ދަރިވަރުންނަށް މިނިވަންކަމުގެ ވިސްނުން އުނގަންނައިދިނުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން