ޚަބަރު
2025 ވަނަ އަހަރުގެ ކެމްބްރިޖް އިމްތިޙާނަށް އަމިއްލަގޮތުން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުން ފޮޓޯ: ވުޒާރާ
2025 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނުތަކުގެ "ނޯމަލް އެންޓްރީ" ގެ ގޮތުގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (DPE) މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހަދާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި އިމްތިޙާނު ފީ ބަލައިގަތުން ކުރިއަށް ގެންދާނީ 2025 އޯގަސްޓް 19 ވާ އަންގާރަ ދުވަހުން ފެށިގެން 2025 އޯގަސްޓް 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މި ހިދުމަތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.
އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ރަސްމީ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލް ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.