ދުނިޔެ

ނަތަންޔާހޫ ހަދަނީ ދޮގު، ހަމާސްއިން ހަތިޔާރު ނުބަހައްޓާނެ: އިސްރާއިލް މީޑިއާ

ނަތަންޔާހޫ ހަދަނީ ދޮގު، ހަމާސްއިން ހަތިޔާރު ނުބަހައްޓާނެ: އިސްރާއިލް މީޑިއާ

އިސްރާއިލްގެ ރައްޔިތުން ކުރިއަށްގެންދިޔަ އިޙްތިޖާޖެެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 06:36

20 އޯގަސްޓު 2025، 06:36

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަދަނީ ދޮގު ކަމަށާއި ހަމާސްއިން ހަތިޔާރު ނުބަހައްޓާނެ ކަމަށް އިސްރާއިލްގެ މީޑިއާއަކުން ބުނެފިއެވެ. 

އިސްރާއީލްގެ އެނަލިސްޓުން ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހުށަހެޅިފައިވާ އެއްބަސްވުން ބަލައިނުގަތުމަކީ ހަނގުރާމަ ދިގުދެމިގެން ދިއުމަށް އޭނާ ކުރަމުންދާ މަސައްކަތެއް ކަމަށް ކަނޑައަޅާފައެވެ. މިއީ އޭނާގެ އެދުމާއި އެއްގޮތަށް، ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރު ބެން-ގަވިރު އަދި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްއާ އެކު ޣައްޒާ  ހުސްކުރުމަށް ކުރާ މަސައްކަތެކެވެ.

އިސްރާއީލް މީޑިއާއިން ވަނީ ހަމާސްއިން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބަސްވެފައިވާކަން ރިޕޯޓުކޮށްފައެވެ. ޗެނަލް 13 އިން ބުނެފައިވަނީ "ހަމާސްއިން އިއްޔެ މެދުވެރިންގެ ހުށަހެޅުމަށް އިޖާބީ ޖަވާބެއް ދީފައިވާއިރު، އިސްރާއީލުން އަދި ރަސްމީ ޖަވާބެއް ދީފައިނުވާ" ކަމަށެވެ. އަދި ކޯލިޝަން ތެރެއިން ބެން-ގަވިރު އަދި ސްމޮޓްރިޗް މެދުވެރިކޮށް ބޮޑުވަޒީރަށް މި އެއްބަސްވުން ބަލައިނުގަތުމަށް ބާރުއަޅަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.

ޗެނަލް ކަން 11 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްމޮޓްރިޗް ވަނީ ނަތަންޔާހޫއަށް "މިހާރު ހުއްޓާލައިފިނަމަ، އެމެރިކާ ހިމެނޭ ގޮތަށް ދުނިޔެއިން އަނެއްކާވެސް ހަނގުރާމައަށް އަނބުރާ ދިއުމުގެ ފުރުސަތު ދޭނެކަން ޔަގީނެއް ނޫން" ކަމަށް ބުނެފައެވެ.

އިދިކޮޅު ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައިރު ގޮލަން ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުން ހަޤީޤަތުގައިވެސް ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލަން ބޭނުންވާނަމަ، އެކަމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާ ކަމަށެވެ.

 "ނަތަންޔާހޫ އެއްފަހަރު ސާފުކޮށް ބުނަންވީ އޭނާ ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލާކަށް ނޭދޭކަމާއި، ހަނގުރާމަ ނިންމާކަށް ނޭދޭކަން. މިއީ ހަމައެކަނި ޕާޓީގެ ބޭނުމަށް ކުރާ ކަމެއް... މިއީ އޭނާގެ ކޯލިޝަން އެކުގައި ބޭއްވުމަށް އޮތް ހަމައެކަނި ގޮތް" ކަމަށް ޔައިރް ބުނެފައިވެއެވެ.

އިސްރާއިލްގެ އަސީރެއްގެ މަންމަ، އެއިނަވް ޓްސެންގައުކަރ ވަނީ ނަތަންޔާހޫ ހަޑިހުތުރުކޮށް ދޮގުހަދާކަމަށް ތުހުމަތުކޮށްފައެވެ. "ނަތަންޔާހޫ ދޮގުހަދަނީ ފާޅުގައި، އެއްބަސްވުމަކަށް ތައްޔާރުވެފައި ތިބިކަމަށް ބުނާއިރު... އޭނާ ގަސްތުގައި ތަންފީޒުނުކުރެވޭނެ ޝަރުތުތަކެއް ލައިގެން އެއްބަސްވުން ހުއްޓުވަން މަސައްކަތްކުރަނީ" ކަމަށް އޭނާ ބުނެފައިވެއެވެ.

18 އަހަރު ވަންދެން ހަމާސްއާއެކު މަޝްވަރާކޮށްފައިވާ މެދުވެރިއެއް ކަމަށްވާ ގާޝޮން ބަސްކިން ބުނެފައިވަނީ ހަމާސްއިން ބޭނުންވަނީ ހަނގުރާމަ ނިންމާލައި، ހުރިހާ އަސީރުން ދޫކޮށްލުމަށް ކަމަށާއި، ޣައްޒާގެ ވެރިކަން ދޫކޮށްލާނެ ކަމަށް ބުނެފައިވީނަމަވެސް، އިސްރާއީލުން މިހާތަނަށް އެކަމަށް އެއްބަސްވެފައިނުވާ ކަމަށެވެ. އަދި "ހަމާސް އިސްރާއީލަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ދެރައެއް ނުވާނެ" ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން