Ads by Stelco

ޚަބަރު

މާޅޮހުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާޅޮހުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އަބްދުއްރަޙްމާންގެ ހަށިގަނޑު މާޅޮހުން މާލެއަށް ގެނައުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޯގަސްޓު 2025، 07:37

21 އޯގަސްޓު 2025، 07:37

މިދިޔަ މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ 3 މީހުން ހައްޔަރުކުރީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވުމުގެ ތުޙުމަތުގައެވެ.

ތިން މީހަކު ހައްޔަރުކުރިކަމަށް ހާމަކުރިނަމަވެސް، އެ މީހުންގެ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، އިތުރު މަޢުލޫމާތު ފަހުން ދެއްވާނެކަމަށެށެވެ.

އަބްދުއްރަހްމާން މަރާލާފައި އޮއްވައި ފެނުނީ ޖުލައި 13ވަނަ ދުވަހުގެ ރޭގެ ދަންވަރު އޭނާ ދިރިއުޅެމުން ދިޔަ އއ. މާޅޮސް، މާހިޔާ ގޭގެ ތެރެއިންނެވެ. އޭރު އެގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އެކަންޏެވެ.

އަބްދުއްރަހްމާންގެ މަރުގެ ތަޙުޤީޤަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފައިވަނީ ޖުލައި 21ވަނަ ދުވަހުއެވެ. އޮޓޮޕްސީއަށް ފަހު ފުލުހުން ހާމަކުރީ، އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން