Ads by Stelco

ޚަބަރު

އެކުއަކަލްޗަރގެ މަސައްކަތަށް ފަޅު ރަށް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި

އެކުއަކަލްޗަރގެ މަސައްކަތަށް ފަޅު ރަށް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި

އެކުއަރކަލްޗަރ ގެ މަސައްކަަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޯގަސްޓު 2025، 11:07

21 އޯގަސްޓު 2025، 11:07

އެކުއަކަލްޗަރ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްރަށާއި އެ ރަށްރަށުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފަހަރަށް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތްނަމަވެސް، ޖުމްލަ 50 އަހަރަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން އަމިއްލައަށް ރަށް ނުވަތަ އެކަހެރި ފަޅުތައް ބަލާ ދިރާސާކުރަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިފަދަ ދިރާސާއެއް ކުރަން ބޭނުންވާ ފަރާތްތަކުން ވުޒާރާއިން ދޫކުރާ ޒިޔާރަތްކުރުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. ނަމަވެސް ރަށް ނުވަތަ ފަޅުގެ ދިރާސާ ނުކުރި ނަމަވެސް ބީލަން ބާޠިލެއް ނުވާނެއެވެ.

2020 ވަނަ އަހަރު އެކުލަވާލި އެކުއަކަލްޗަރ ގަވާއިދަށް ގެނައި އިސްލާޙާ އެކު، މިހާރު ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަޙައްދުވެސް ކުއްޔަށް ދޫކުރެވޭނެ ގޮތް ހަމަޖެހިފައެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހި ރައްޔިތުންނަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށާއި ކޯޕަރޭޓް ސޮސައިޓީތަކަށެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ. މި މަޝްރޫޢަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން