Ads by Stelco

ޚަބަރު

ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

ޒަކާތު ހައުސްގެ މުވައްޒަފުން/ފޮޮޓޯ: ޒަކާތު ހައުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޯގަސްޓު 2025، 03:26

21 އޯގަސްޓު 2025، 03:26

ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤުސަދުގައި ހެދުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަނެކެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި، ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، އަންދާސީ ހިސާބު މިހާރު ހުށެއެޅޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން މިހިނގާ އޮގަސްޓް މަހުގެ 25 ވާ  ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމެޖެހިފައެއިވާ ކަމަށެވެ. ހަމަ މިއާއެކު، ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮގަސްޓް 23 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.

https://forms.office.com/r/9pdRWwVL4J

މީގެ އިތުރުން، އަންދާސީ ހިސާބު ހުށަހެޅުން އަންނަ ސެޕްޓެމްބަރު މަހުގެ 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން