Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޯގަސްޓު 2025، 06:56

21 އޯގަސްޓު 2025، 06:56

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގެދޮރުވެރިކަމާ ބެެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން 144,509,024.16 ރުފިޔާގެ ޚަރަދުކޮށްގެން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 9 އޭޕްރިލް 2025 ގައެވެ.

ޖުމްލަ 455 ދުވަހުގެ މުއްދަތަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން، ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް 4 ލޭންއަށް ފުޅާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ދިގުމިނުގައި ތާރު އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި، ރޯޑް މާރކިންގ އަދި ސައިން ބޯޑުތައް ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ މައި މަގުތަކުގެ ތެރެއިން އެއް މަގު އިތުރަށް ތަރައްޤީވެ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން