Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ފްލެޓް އެއްބަސްވުމުގައި މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި: އެފްޑީސީ

ގެދޮރުވެރިޔާ ފްލެޓް އެއްބަސްވުމުގައި މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް/ފޮޓޯ: އެފްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 03:23

22 އޯގަސްޓު 2025، 03:23

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން 1،800 އަށް ވުރެ ގިނަ ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.

އެފްޑީސީއިން ވިދާޅުވީ، ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަނުން ކަމަށެވެ.  އެގޮތުން، މިހާރުވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރު ކުރުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް އެފްޑީސީންއިން ވަނީ ވިދާޅުވެފައެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައެވެ. އެގޮތުން، އެފްޑީސީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މިހާތަނަށް ތާވާލު ކުރެވުނު އެއްބަސްވުންތަކުގެ ޢަދަދަކީ 2،774 އެވެ. އޭގެ ތެރެއިން، މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޢަދަދު 1،826 އަށް އަރާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވެއެވެ. ހަމައެއާއެކު، އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ. 

މިހާރު  އެއްބަސްވުން އެކުލަވާލަމުންދާ މި ޓަވަރުތަކުގައި ހިމެނެނީ 3 ކޮޓަރީގެ 2،800 އެޕާޓްމެންޓާއި 2 ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. 2 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. 3 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން