Ads by Stelco

ޚަބަރު

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުއިކުރުމަށް އިތުރު ސާމާނު ބޭނުންކުރަން ފަށަނީ

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުއިކުރުމަށް އިތުރު ސާމާނު ބޭނުންކުރަން ފަށަނީ

ގިރާވަރުފަޅު ބިންހިއްކުމުގެ މަސައްކަތް/ފޮޓޯ: އަވަސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޯގަސްޓު 2025، 06:48

22 އޯގަސްޓު 2025، 06:48

މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުއިކުރުމަށް އިތުރު ސާމާނު ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ، އިިތުރު ސާމާނު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ނިންމާފައިވަނީ، ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރުތިލަފަޅު ގެ ބިންހިއްކުމުގެ މަޝްރޫޢުން ކަމަށެވެ.

މި ސަރަޙައްދުތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅުކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމުގެ ވަޢުދުފުޅާ ގުޅިފައިވާ މަޝްރޫޢެއްކަމަށްވުން، މި މަސައްކަތްތައް ހަލުވިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ 2 ހޮޕަރ ޑްރެޖަރ އާއި 11،000 ޓަނުގެ ޖޮޕަރ ޑްރެޖަރއެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، މިިކަމުގައި ދިމާވާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަން ޙައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން