ޚަބަރު
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ޑީޕޯޓްކޮށްލައިފި!
ހަށިވިއްކުމުގެ ވިޔަފާރިއާއި ގުޅިގެން ޑީޕޯޓް ކުރި ބިދޭސީން. ފޮޓޯ:އިމިގްރޭޝަން
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ކަމަށެވެ.
އަދިއެ މައުލޫމާތާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮގަސްޓްމަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާކަމަށެވެ.
މި އިންސްޕެކްޝަނުގައި މިކަމުގައި ޝާމިލްވާ ބިދޭސީ 03 އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންނާއި ގުޅިގެން @PoliceMv ގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި. އަދި މިކަމުގައި ޝާމިލްވާ ބިދޭސީ 03… pic.twitter.com/V7q1b7iyFh
— Maldives Immigration (@ImmigrationMV) August 27, 2024
އެގޮތުން ތަޙުޤީޤުތައް ކުރުމަށްފަހު މިހާރު އެ އެންމެން ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންނެއް ހޯދައި އޭގެތެރެއިން ގިނަ ބަޔަކު ޑީޕޯޓް ކޮށްލައިފައިވާކަން ފާހަގަކުރެވެއެވެ.