ކުޅިވަރު

އައިޓީއެފް ޖޭ30: ދިގުދެމިގެންދިޔަ މެޗަކަށްފަހު ސިންގަލްސް ސެމީއިން ނަބާ ކަޓައިފި

އައިޓީއެފް ޖޭ30: ދިގުދެމިގެންދިޔަ މެޗަކަށްފަހު ސިންގަލްސް ސެމީއިން ނަބާ ކަޓައިފި

އައިޓީއެފް ޖޭ30ގެ މެޗެއްގައި ނަބާ، ފޮޓޯ: ޖަވިޔަނި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޯގަސްޓު 2025، 09:26

22 އޯގަސްޓު 2025، 09:26

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސިންގަލްސް ސެމީފައިނަލް މެޗުން ރާއްޖޭގެ ނަބާ ނިޝާން ބަލިވެއްޖެއެވެ.

ރާއްޖޭގައި މިހާރު ކުރިޔަށްދާ "އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ޓެނިސް މުބާރާތުގެ ސިންގަލްސް ސެމީފައިނަލް މެޗު ހަތަރު ގަޑިއިރަށް ވުރެ ދިގުދެމިގެންދިޔަ ގޮސްފައިވާއިރު، އެ މެޗުގައި އޭނާ ނިކުތީ ދެކުނު ކޮރެއާގެ ސެއޮންގީން ޗޯއާ ދެކޮޅަށެވެ. 

މެޗުގެ ފުރަތަމަ ސެޓު 6-2 ގޭމުން ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިއާއެވެ. ނަމަވެސް ދެވަނަ ސެޓުގައި ޓައި-ބްރޭކްއަށްފަހު 7-6 ގޭމުން ކާމިޔާބުކުރީ ނަބާއެވެ. އަދި ފަހު ގޭމް ޗޯ ކާމިޔާބުކުރީ 7-5 ގޭމުންނެވެ. 

ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ނަބާއަކީ ސިންގަލްސްއިން ގަދަ-16އަށް ވުރެ ދުރަށް ދަތުރުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. 

ކުއާޓާފައިނަލްގައި 15 އަހަރުގެ ނަބާ ކުރި ހޯދީ، އޭނާއާ އުމުރެއްގެ ރަޝިއާގެ ކުޅުންތެރިއެއް ކަމުގައިވާ އެލިޒަވެޓާ ޒެލެނޯވާއާ ދެކޮޅަށް ކުޅުމަށްފަހުއެވެ.

މި މަހުގެ 18އިން 28އަށް މާލޭގައި ހުންނަ ޤައުމީ ޓެނިސް ސެންޓަރުގައި ކުރިޔަށްދާ މި މުބާރާތުގައި ފިރިހެން ކެޓަގަރީ އާއި އަންހެން ކެޓަގަރީއިން ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން