Ads by Stelco

ޚަބަރު

ޖަޕާނުގައި ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ނިޔާވެއްޖެ

ޖަޕާނުގައި ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ނިޔާވެއްޖެ

ލުޖައިނާ ތަސްނީމާ

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 10:47

23 އޯގަސްޓު 2025، 10:47

މަތީ ތަޢުލީމު ޙާސިލުކުރުމަށް ޖަޕާނުގައި ދިރިއުޅެމުން ދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު އިއްޔެ ނިޔާވެއްޖެއެވެ.

ޖަޕާނުގައި ނިޔާވެފައިވަނީ ބ. ތުޅާދުއަށް އުފަން ލުޖައިނާ ތަސްނީމާ އެވެ. އޭނާ ނިޔާވުމާ ގުޅިގެން ޚާރިޖީ ވުޒާރާއިން އިޖްތިމާޢީ ވިޔުގަތަކުގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ޖަޕާނުގައި ކިޔަވަމުންދިޔައީ މާސްޓަރސް އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް ކަމަށެވެ. 

ސްކޯލަރޝިޕެއްގެ ދަށުން ކިޔަވަމުން ދިޔަ ލުޖައިނާ އަކީ މަސައްކަތަށް ފަރުވާތެރި، އޯގާވެރި، އަދި ހިތްހެޔޮ މުވައްޒަފެއްކަން ޚާރިޖީ ވުޒާރާއިން ކުރި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. ލުޖައިނާ އެވުޒާރާއާ ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ޢާއިލާއިން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން