Ads by Stelco

ޚަބަރު

ޤައުމީ ދުވަހު މާލޭ، ހުޅުމާލޭ ވިޔަފާރި ބަނދަރު ބަންދުކުރަނީ

ޤައުމީ ދުވަހު މާލޭ، ހުޅުމާލޭ ވިޔަފާރި ބަނދަރު ބަންދުކުރަނީ

އެމް.ޕީ.އެލް. ބަނދަރު

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 11:33

23 އޯގަސްޓު 2025، 11:33

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން، މާލޭ ވިޔަފާރި ބަނދަރާއި، ހުޅުމާލޭ ގމަތައިން ދެމުން އަންނަ ޚިދުމަތް ވަޤުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް މޯލްޑީވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އިން ހާމަކޮށްފިއެވެ.

އެމް.ޕީ.އެލް. އިން ބުނެފައިވަނީ، މިއަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވާ އާދީއްތަ ދުވަހު (މާދަމާ) އެކުންފުނިން ބަލަހައްޓަމުން އަންނަ މާލޭ ވިޔަފާރި ބަނދަރާއި، ހުޅުމާލޭ ގިމަތައިން ދެމުން އަންނަ ޚިދުމަތް ވަޤުތީ ގޮތުން މެދުކަނޑާލާނޭ ކަމުގައެވެ. މިޚިދުމަތްތައް އަލުން ފެށިގެން ދާނީ، ރަބީޢުލްއައްވަލު 2 (25 އޮގަސްޓު) ވާ ހޯމަ ދުވަހުގެ ހެނދުނު 7:30 ގައެވެ. މިކަން ހާމަކޮށް އެމް.ޕީ.އެލް އިން ކުރި ޕޯސްޓުގައި، ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހައި ފަރާތްތަކަށް ވަނީ އަރިސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން