ކުޅިވަރު

އައި.ޓީ.އެފް. ޓެނިސް މުބާރާތެއްގައި ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިއަކަށް އާރާ

އައި.ޓީ.އެފް. ޓެނިސް މުބާރާތެއްގައި ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިއަކަށް އާރާ

އާރާ އާސަލް އާޒިމް.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 12:37

23 އޯގަސްޓު 2025، 12:37

ޢުމުރުން 17 އަހަރުގެ ދިވެހި ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމް، "އައި.ޓީ.އެފް. މޯލްޑިވްސް ޖޫނިޔަރ އޯޕެން" މުބާރާތުގެ ޑަބަލްސް އިން ރަން މެޑަލް ޙާޞިލްކޮށްފިއެވެ. އޭނާގެ ޑަބަލްސް ޕާޓްނަރަކީ ޓަރީޓާ ހޮންގޝޮކް އެވެ. މިއީ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.އެފް.) ގެ މުބާރާތެއްގައި ދިވެހި ކުޅުންތެރިއަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރު ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވެއެވެ.

"އައި.ޓީ.އެފް" މޯލްޑިވްސް ޖޫނިޔަރ އޯޕެން" މުބާރާތަކީ އައި.ޓީ.އެފް. ގެ ޖޭ-30 ލެވެލް މުބާރާތެކެވެ. 

އިއްޔެ ކުޅުނު ސެމީ ފައިނަލްގައި އާރާ އާއި ޓަރީޓާ ކުރިމަތިލައިފާ ވަނީ ފަރަންސޭސި-ރަޝިޔާ ޖޯޑަކާއެވެ. އެއީ، އެވާ-ވްލާޑާ އަނީސިނާ ދްޒިގުރްދާ އާއި އެލިޒަބެތާ ޕްރިވަލޮވާ އެވެ. މިމެޗުން އާރާ މެން ކާމިޔާބު ހޯދާފައިވަނީ 6-1 އާއި 7-5 ގެ ޕޮއިންޓް އަކުންނެވެ. އެއަށް ފަހު، ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ އާރާ މެން ޖޯޑާއި، ކޮރެޔާ-ޗައިނާ ޖޯޑެކެވެ. އެއީ، ސެންހްގޔުން ޗޯ އަދި ޔިޝަން ޒޫ އެވެ. މިމެޗުން އާރާ އާއި ޓަރީޓާ ކާމިޔާބު ހޯދާފައިވަނީ 6-2 އަދި 6-1 ގެ ޕޮއިންޓް ހޯދައިގެންނެވެ.

މިމުބާރާތުން އާރާ އާއި ޓަރީޓާގެ ޖޯޑުން ރަން މެޑަލް ޙާޞިލުކޮށްފައިވާ އިރު، މިއީ މިދިޔަ 9 މަސް ދުވަހުގެ މުއްދަތެއްގައި އާރާ ހޯދި 3 ވަނަ ރަން މެޑަލް ކަން ފާހަގަކޮށްލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން