Ads by Stelco

ޚަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި

މިއަހަރުގެ ޖުލައި 26 ހިނގާލުމުގެ ތެރެއިން. ފޮޓޯ: އެމް.އެން.ޑީ.އެފް.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 01:13

23 އޯގަސްޓު 2025، 01:13

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް.) އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެއެވެ. އެމް.އެން.ޑީ.އެފް. އިން ހާމަކޮށްފައިވާ ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިންނެވެ.

މި ހިނގާލުމުގައި، ޖުމްލަ 4 ތަނެއްގައި ލަޝްކަރު މަޑުކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައިމެ މިލިޓަރީ ބޭންޑުން ރާގު ކުޅޭނެކަމަށް އެމް.އެން.ޑީ.އެފް. އިން މަޢުލޫމާތުދީފައި ވެއެވެ.

ޤައުމީ ދުވަހުގެ ހިނގާލުން ހުއްޓަން ހަމަޖެހިފައިވާ ސަރަޙައްދުތައް:

  • ސޯސަންމަގު، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
  • މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި
  • މަޖީދީމަގު، މިލިޔަން ބުކްޝޮޕް ކުރިމަތި
  • ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި

އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމުގައިި އެމް.އެން.ޑީ.އެފް. އިން ހާމަކުރެއެވެ.

ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 15 އަހަރާއި 6 މަސް ދުވަހަށްފަހު، ފުށެތިކާލުން (ޕޯޗުގީޒުން) ގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްވުމުންނާއި، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ޛިކުރާ އައު ކުރުމުގެ މަޤުޞަދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން