Ads by Stelco

ޚަބަރު

އަންނަ ދިރާސީ އައު އަހަރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވަން ފަށާނެ: ތަޢުލީމީ ވުޒާރާ

އަންނަ ދިރާސީ އައު އަހަރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވަން ފަށާނެ: ތަޢުލީމީ ވުޒާރާ

ސީއެޗްއެސްސީގެ ދަރިވަރުން ތަކެއް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2025، 04:28

23 އޯގަސްޓު 2025، 04:28

ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔަވަން އެދޭ ގިނަ ދަރިވަރުންތަކެއް ތިބުމާ ގުޅިގެން، ތަޢުލީމީ ވުޒާރާއިން އިތުރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.

 އަންނަ ދިރާސީ އަހަރު މި ރަށްތަކުގައި ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މިއަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. "އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި، އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ސްކޫލުތަކުގައި ގްރޭޑް 10 ނިންމާ، އަދި އޭގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް،" ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ އަޙްމަދު ވިދާޅުވިއެވެ.

މަތީ ސާނަވީގެ ފުރުސަތު ސަރުކާރުން ހުޅުވާލަނީ އެކަށީގެންވާ ޢަދަދަކަށް ދަރިވަރުން އެ ރަށެއްގައި ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރޭގައި ތިބެއްޖެނަމައެވެ. އަދި އެ ސްކޫލްތަކުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން މިހާރު ވަނީ މަތީ ސާނަވީއަށް ކުދިން ސްކޫލުތަކަށް ވެއްދުމުގެ ކްރައިޓީރިއާއަށްވެސް ބޮޑު ބަދަލެއް ގެންނަވާފައެވެ. މި ބަދަލާ އެކު، 3 މާއްދާ ނުވަތަ 4 މާއްދާއިން ފާސްވި ކުދިންނަށްވެސް، އެ ކުއްޖަކު ކިޔަވަން ނުވަތަ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބަދަލާ އެކު އެތައް ދަރިވަރަކަށް ކުރިއަށް ދިޔުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައިކަމަށް ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން