Ads by Stelco

ޚަބަރު

މިދިޔަ މަހު 239 ކައިވެންޏެއް ކޮށްފައިވޭ: ފެމިލީ ކޯޓު

މިދިޔަ މަހު 239 ކައިވެންޏެއް ކޮށްފައިވޭ: ފެމިލީ ކޯޓު

ކައިވެނިކުރަން ބަޔަކު ފެމިލީ ކޯޓަށް ވަންނަނީ. ފޮޓޯ: ސަން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2025، 06:29

23 އޯގަސްޓު 2025، 06:29

ފެމިލީ ކޯޓުން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގައި 239 ކައިވެންޏެއް ކޮށްފައިވާ އިރު، 147 ދެމަފިރިއަކު ވަނީ ވަރިވެފައެވެ.

 މިއީ ކައިވެނިކުރާ މިންވަރާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރެއްގެ ވަރިތަކެއް ކަމަށް ފާހަގަކުރެވެއެވެ.

ކޯޓުގެ ތަފާސް ހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ވަރީގެ 182 މައްސަލައެއް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 147 މައްސަލައަކީ އެމަހު ރަޖިސްޓަރީ ކުރެވުނު އައު ވަރިތަކެވެ. މި މައްސަލަތަކުގެ ތެރޭގައި ވަރިވުމަށް އެދި 82 މީހަކު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

 އެންމެ ގިނައިން ފެމިލީ ކޯޓަށް ހުށަހެޅިފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައީ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތަކެވެ. މިގޮތުން 75 މައްސަލައެއް ވަނީ ވަރި ސާބިތުކުރުމަށް ހުށަހެޅިފައެވެ.

މީގެއިތުރުން، ދަރިންގެ ޚަރަދާ ގުޅޭ މައްސަލަތައްވެސް ވަނީ ކޯޓަށް ހުށަހެޅިފައެވެ. މިގޮތުން ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދިނުމާ ގުޅިގެން ހަތަރު މައްސަލައަކާއި، ދަރިންގެ އެހެނިހެން ޚަރަދުތައް ހޯދުމަށް އެދި ދެ މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

އާއިލީ ގުޅުންތަކާ ބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކައިވެނިކުރާ މިންވަރާ އަޅާބަލާއިރު ވަރިވާ މިންވަރު މަތިވަމުން ދިއުމަކީ މުޖުތަމައުގައި ކަންބޮޑުވުން އުފެދޭ ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން