Ads by Stelco

ޚަބަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 އޯގަސްޓު 2025، 12:07

24 އޯގަސްޓު 2025، 12:07

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. 

މި އިނާމުތައް ދެއްވާފައިވަނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުއްވި 3 ބޭފުޅުން:

1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު މއ. ފީރޯޒްވާދީ

2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް މ. ދޫރެސް

3- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން:
އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 9 ބޭފުޅުންނާއި ކުންފުނި:

1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން:
އަލްފާޟިލާ ޙުސްނާ ފަހްމީ މ. އަފްޒާ

2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ

3- ޞިއްޙީ ދާއިރާއިން ޞިއްޙީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ފިނިފެންމާގެ، ފ.ނިލަންދޫ

4- ޞިއްޙީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން
އަލްފާޟިލާ ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ

5- އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން
އަލްފާޟިލާ ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު

6- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން
އަލްފާޟިލް އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ

7- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ

8- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން
އަލްފާޟިލް ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ

9- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން
އަލްފާޟިލް މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ

10- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން
އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމަށްޓަކައި އެކަމަށް ޚާއްޞަކޮށް ޤައުމީ އިނާމާ ބެހޭ ކޮމިޓީއެއް އުފައްދަވާފައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހަމަ މިއާއެކު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން