Ads by Stelco

ޚަބަރު

އަފްޒާގޭގެ އަލިފާނުގެ ޙާދިސާ: އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އަފްޒާގޭގެ އަލިފާނުގެ ޙާދިސާ: އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މ. އަފްޒާގޭގެ 6 ވަނަ ފަންގިފިލާގައި އަަލިފާން ރޯވުން/ފޮޓޯ: އެންޑީއެމްއޭ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 އޯގަސްޓު 2025، 02:39

24 އޯގަސްޓު 2025، 02:39

މ. އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި އަލިފާން ރޯވުމާއި ގުޅިގެން އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވީ، މި އެޕާޓްމަންޓުގައި ހިނގި އަލިފާނުގެ ޙާދިސާގައި ދުމާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ގެއްލުންތަކާއި ގުޅިގެން އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު ހަމަޖައްސާދީފައިވާކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. އެގޮތުން، އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދިވެހި އަންހެނަކަމަށް ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:43 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރުއެވެ.
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން