Ads by Stelco

ޚަބަރު

ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ޞައްޙަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވަނީ!

ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ޞައްޙަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވަނީ!

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

farudhun logo

ފަރުދުން

24 އޯގަސްޓު 2025، 03:07

24 އޯގަސްޓު 2025، 03:07

ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ލިބިގަތުމަށް، ޞައްޙަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މިކަމާ މެދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، މިފަދަ މައްސަލަތަށް ފުލުހުންނަށް ހުށަހެޅުން މިފަހަކުން އިތުރުވެފައިވާ ކަމަށާއި، މިފަދަ ކަންކަމަކީ ޤައުމުގެ ތަޢުލީމީ ނިޡާމުގެ އިތުބާރު ގެއްލި، ނުޙައްޤު ފަރާތްތަކަކަށް މަންފާ ލިބި، ޢާންމު ޚިދުމަތްތަކުގެ ފެންވަރާއި މިންގަނޑުތަކަށް ސީދާ ގޮތެއްގައި އަޘަރުކުރާނޭ ކަމެއް ކަމުގައެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުން، މިފަދަ މައްސަލަތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ.) އާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕަރޓްމެންޓް އިން ތަޙުޤީޤުކޮށް ނިންމައި، ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ގެ އިދާރާއަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ޞައްޙަނޫން ސެޓްފިކެޓް ބޭނުންކުރުން ނުވަތަ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުންޢުޤޫބާތުގެ 310، 311، އަދި 312 ވަނަ މާއްދާތަކުގެ ދަށުން ޖިނާއީ ކުށެކެވެ. ވީމާ، މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ޞައްޙަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަ މިފަހަކުން އިތުރުވަމުން ދާތީ، ތަޢުލީމީ މުއައްސަސާތަކާއި، ވަޒީފާދޭ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސެޓްފިކެޓަކާ މެދު ޝައްކުކުރެވޭ ނަމަ، އެސެޓްފިކެޓެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން