ކުޅިވަރު

ބެޑްމިންޓަން: ޖޯޖިއާ މުބާރާތުގައި ލައިބާ ތިން މެޑަލް ހޯދައިފި

ބެޑްމިންޓަން: ޖޯޖިއާ މުބާރާތުގައި ލައިބާ ތިން މެޑަލް ހޯދައިފި

ބަޓޫމީ ކަޕުން ލައިބާ އަޙްމަދު މަޚްލޫފް ވަނީ ތިން މެޑެލް ހާސިލްކޯށްފައި، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޯގަސްޓު 2025، 08:11

25 އޯގަސްޓު 2025، 08:11

ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕުގައި ވާދަކޮށް ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް ތިން މެޑެލް ހާސިލުކޮށްފިއެވެ.

ބެޑްމިންޓަންގައި އަރަމުން އަންނަ ޖޫނިއަރ ކުޅުންތެރިޔާ، ލައިބާ، ބަޓޫމީ ކަޕުގައި ވާދަކޮށްފައި ވަނީ ސިންގަލްސް ކެޓެގަރީ  އާއި ޑަބަލްސް ކެޓެގަރީ އަދި މިކްސްޑް ޑަބަލްސް ކެޓެގަރީންނެވެ.

އެގޮތުން ސިންގަލްސް ކެޓެގަރީ އާއި މިކްސްޑް ޑަބަލްސް ކެޓެގަރީން ލޯ މެޑަލް ހޯދާފައިވާއިރު،  ޑަބަލްސް ކެޓެގަރީން ލައިބާ މެޑަލް ވަނީ ރިހި މެޑަލް ހޯދާފައެވެ.

މި މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލްގައި ލައިބާ ވާދަކުރީ އަޒަރުބައިޖާންގެ 13 އަހަރުން ދަަށުގެ ރޭންކިންގެ އެއްވަނައިގައި އޮތް އަހްމަދްލި ޑެނިޒްއެވެ. އެ މެޗު ލައިބާ ކާމިޔާބުކުރީ ދެ ސެޓުން، 15-11 އަދި 15-3 އިންނެވެ. 

އެ ކެޓަގަރީގެ ސެމީ ފައިނަލްގައި ވެސް ލައިބާ ވާދަކުރީ ފުންނާބުއުސް ކުޅުންތެރިއަކާއެވެ. އެގޮތުން ކަޒަކިސްތާނުގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއްވަނަގައި އޮތް ލިއޮނޯވާ ސޯފިއާއާ ބައްދަލުކުރި މެޗު ލައިބާއަށް ގެއްލުނީ 15-10 އަދި 15-12 އިންނެވެ.

މިދިޔަ އަހަރުވެސް ލައިބާ ވަނީ ބަޓޫމީ ކަޕުގެ ޑަބަލްސްއިން ރިހި މެޑެލް އަދި ސިންގަލްސްއިން ލޯ މެޑެލް ހޯދާފައެވެ. ދާދިފަހުން ލައިބާ ވަނީ "އަރްމޭނިއަން ޔޫތު އޯޕަން 2025" ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހޯދާފައެވެ.

އުމުރުން 12 އަހަރުގެ ލައިބާ ވަނީ މި އަހަރު އެކުލަވާލި ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ. އޭނާ އަކީ ގައުމީ ބެޓްމިންޓަން ޓީމަށް ހޮވުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި މަހު ކުރިއަށްދިޔަ ނައިފަރު އޯޕަންގެ ސިންގަލް ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން