Ads by Stelco

ޚަބަރު

ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: އަވަސް އެމްވީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޯގަސްޓު 2025، 08:42

25 އޯގަސްޓު 2025، 08:42

ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 6:50އިން ފެށިގެން މެންދުރު 12:00އާ ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.

މީގެ އިތުރުން ހެނދުނު 7:45އިން 10:45އަށް އައްޑޫ ސިޓީއަށް އިތުރު މުސުމީ ސަމާލެއް ވަނީ ރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، އެ ސަރަޙައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވިއްސާރަ ވެހުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ އައްޑޫ ސިޓީގެ ގަމަށެވެ. އެގޮތުން ގަމަށް ވަނީ 109.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. 

މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރުމަށްފަހު، ފައިތުވި ދެ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ގިނަ ހިސާބުތަކަށް ވަނީ ވަރަށް ގަދަ ހޫނެއް އިޙުސާސް ކުރެވިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން