Ads by Stelco

ޚަބަރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުލަގަދަ ޘަޤާފީ ޙަރަކާތްތަކެއް!

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުލަގަދަ ޘަޤާފީ ޙަރަކާތްތަކެއް!

ފޮޓޯ: ސޯޝަލް މީޑިޔާ.

farudhun logo

ފަރުދުން

25 އޯގަސްޓު 2025، 11:04

25 އޯގަސްޓު 2025، 11:04

ޤައުމީ ދުވަސް ފާހަގަކުރުމަށް، ހަވާގެ ކުޅިވަރާއެކު، އުތީމުގައި ކުލަގަދަ ޘަޤާފީ ކުޅިވަރުތަކެއް ބާއްވައިފިއެވެ. އުތީމު ހިމެނޭހެން، ހ.އ. އަތޮޅުގެ 6 ރަށަކުން ބައިވެރިވެގެން މިޙަރަކާތް ކުރިއަށް ގެންގޮސްފައިވާ އިރު، ޢާންމުންގެ ފަރާތުން މިކަމަށް ހޫނު ތަރުޙީބެއް ވަނީ ލިބިފައެވެ. އުތީމުގެ އިތުރުން މިކަމުގައި ބައިވެރިވެފަވަނީ: މާރަންދޫ، ބާރަށް، މުރައިދޫ، ދިއްދޫ، އަދި ވަށަފަރެވެ.

އެކި ރަށްރަށުން ހުށަހެޅި ކުޅިވަރުތައް:

  • ވަށަފަރު: ވަށް ދަނޑި
  • މުރައިދޫ: ކުރުފަލި
  • ދިއްދޫ: ޘަޤާފީ ދަނޑި
  • މާރަންދޫ: މާރަން ފަރިހި
  • ބާރަށް: ޘަޤާފީ ލަވަ، ބޮޑުބެރު
  • އުތީމު: ކުރުފަލި

މިހުށަހެޅުންތަކުގެ އިތުރުން، އުތީމު ޣާޒީ ބަންޑާއިގެން ސްކޫލްގެ ދަރިވަރުން ވަނީ، ބޮޑުތަކުރުފާނުގެ ބައްޕާފުޅު ޙުސައިން ޚަޠީބު ތަކުރުފާނުގެ ހަރުދަނާ ސިޔާސަތާއި، ދުރުވިސްނުންފުޅު ދައްކުވައިދޭ ތަމްޘީލެއް ހުށަހަޅާފައެވެ.

ރޭ އުތީމުގައި ވަނީ ހަވާ ވެސް އަރުވާފައެވެ. މިކުލަގަދަ އިޙްތިފާލު ދެކިލުމަށް ރަށުގެ ކުދިބޮޑު އެންމެން ގޮނޑުދޮށް ސަރަޙައްދަށް އެއްވިއެވެ. އަދި ހ.އ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ މީހުން މިޙަރަކާތްތައް ބަލައިލުމަށް އުތީމަށް ވަނީ ދަތުރުކޮށްފައެވެ.

ޤައުމީ ދުވަހަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ ޚާއްޞަ ދުވަހަކަށް ވީ އިރު، ޤައުމީ ފެންވަރުގައި އުތީމުގައި މިހައި ކުލަގަދަ ގޮތެއްގައި މިދުވަސް ފާހަގަކުރެވޭ މިއީ ފުރަތަމަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން