Ads by Exprox

ޚަބަރު

ގުޅިފަޅު ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން އަލުން ގުރުއަތުލުމަށް ނިންމައިފި

ގުޅިފަޅު ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން އަލުން ގުރުއަތުލުމަށް ނިންމައިފި

ގުޅިފަޅު ފޮޓޯ:އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޮކްޓޯބަރު 2024، 02:02

26 އޮކްޓޯބަރު 2024، 02:02

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، ގުޅިފަޅުން ގޯތި ލިބޭ  ތަންތަން އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި އަލުން ގުރުއަތު ލާން ނިންމައިފި އެވެ. މި ގުރުއަތުލުން އޮންނާނީ އަންނަ އަންގާރަ ދުވަހު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ހެނދުނު 9:00 ޖަހާއިރުއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހު ޝާއިއުކުރެވުނު އާ ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބޭ އެންމެހާ ފަރާތްތަކުގެ ގުރުއަތު އަލުން ނަގަން ޖެހިފައިވެއެވެ.

ގުޅިފަޅުން މިހާރު ދޫކުރުމަށް ހަމަޖެހިފައިވަނީ ތަފާތު ބޮޑުމިނުގެ 3,520 ގޯއްޗެވެ. މީގެ ތެރޭގައި ހިމެނެނީ 1,250 އަކަފޫޓުގެ 669 ގޯއްޗާއި، 1,650 އަކަފޫޓުގެ 1,234 ގޯއްޗާއި، 2,050 އަކަފޫޓުގެ 916 ގޯއްޗާއި، 2,450 އަކަފޫޓުގެ 473 ގޯއްޗާއި، 2,850 އަކަފޫޓުގެ 158 ގޯއްޗާއި، 3,250 އަކަފޫޓުގެ 49 ގޯއްޗާއި، އަދި 3,650 އަކަފޫޓުގެ 21 ގޯއްޗެވެ.

މި ގުރުއަތުލުމުގައި ބައިވެރިވާނީ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ އިތުރުން، ގިރާވަރު ފަޅުން ގޯތި ލިބި ގުޅިފަޅަށް ބަދަލުކުރަން އެދުނު މީހުންނެވެ. މިނިސްޓްރީން ބުނި ގޮތުގައި، ގުރުއަތުލުން ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުތަކުގައިވާ ތަރުތީބުންނެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު ފެށުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު ހިއްކަން ނިންމާފައިވަނީ 65 ހެކްޓަރެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco