Ads by Stelco

ޚަބަރު

144 ބަނގުރާދަޅާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

144 ބަނގުރާދަޅާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

144 ބަނގުރާދަޅާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކުރުން.

farudhun logo

ފަރުދުން

25 އޯގަސްޓު 2025، 01:48

25 އޯގަސްޓު 2025، 01:48

144 ދަޅު ހިމެނޭ ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު މިއަދު ހައްޔަރުކޮށްފިއެވެ. އެބަނގުރާ ކޭސްތައް ފެނިފައިވަނީ ހުޅުމާލޭގައި މިއަދު ބާރު ދުވެލީގައި ދުއްވަމުން ދިޔަ ޕަކަޕަކުން ކަމަށް، ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ އިރު، ބާރަށް ދުއްވާފައިދިޔަ ޕިކަޕެއް ފުލުހުންގެ ސަމާލުކަމަށް އައެވެ. އެޕިކަޕަށް ފުލުހުން އަތުން އިޝާރާތް ކޮށް، އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން، މަޑުކުރުމަށް އިންކާރުކޮށް، ހަލުވި ދުވެލީގައި އެކި މަގުތަކުން ދުއްވާފައިވެެއެވެ. ފުލުހުން އެޕިކަޕު ފަހަތުން ގޮސް، ޕިކަޕު ހުއްޓުވައި، ޕިކަޕު ދުއްވާން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕިކަޕު ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ  ކުރިއަށް ގެންގޮސްފައެވެ. ޕިކަޕު ބެލުމުގެ ތެރެއިން، 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ބަނގުރާ ކޭސްތައް ހުރީ ކަޅުކޮތަޅަށް ލައި ބަންދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ފަރާތަކީ އިންޑިޔާއަށް ނިސްބަތްވާ ފަސަލު ރަޙްމާން މަޓުމަލް (28 އަހަރު) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން