ދުނިޔެ

ދަތުރުވެރިއެއް ކޮކްޕިޓަށް ވަނުމަށް މަސައްކަތް ކުރާތީ ފްރާންސުން ފުރި ފްލައިޓެއް އަނބުރާ ޖައްސައިފި

ދަތުރުވެރިއެއް ކޮކްޕިޓަށް ވަނުމަށް މަސައްކަތް ކުރާތީ ފްރާންސުން ފުރި ފްލައިޓެއް އަނބުރާ ޖައްސައިފި

ފްރާންސުން ޕޯޗުގަލަށް ދަތުރުކުރި އީޒީޖެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޯގަސްޓު 2025، 04:59

25 އޯގަސްޓު 2025، 04:59

ފްރާންސުން ޕޯޗުގަލަށް ދަތުރުކުރި އީޒީޖެޓް ފްލައިޓެއްގެ ތެރޭގައި، އަމިއްލަ ނަފްސު ކޮންޓްރޯލް ނުވެ، އެ ފްލައިޓްގެ ކޮކްޕިޓަށް ވަނުމަށް މަސައްކަތްކުރި ދަތުރުވެރިއެއްގެ ސަބަބުން، އެ ފްލައިޓް ފުރައިގެން ދިޔަތާ މާގިނައިރުތަކެއް ނުވެ، އަނބުރާ ލިޔޯން އެއަރޕޯޓަށް ޖައްސަން ޖެހިއްޖެ ކަމަށް ފުލުހުންނާއި، އެ ކުންފުނިން ހޮނިހިރަ ދުވަހު ބުނެފިއެވެ.

އިއްޔެ ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، ފްލައިޓްގައި ތިބި އެހެން ދަތުރުވެރިންނާއި ފްލައިޓްގެ ކްރޫން ވަނީ އެ މީހާ ހިފަހައްޓާފައެވެ. ފްލައިޓް އަނބުރާ ލިޔޯން އެއަރޕޯޓަށް ޖެއްސުމުން ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ.

އީޒީޖެޓް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ލިޔޯނުން ޕޯޓޯއަށް ދަތުރުކުރި ފްލައިޓް EJU4429، ފުރައިގެން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ފްލައިޓްގައި ހުރި ދަތުރުވެރިއެއްގެ އަމަލުތަކުގެ ސަބަބުން، އަނބުރާ ލިޔޯން އެއަރޕޯޓަށް ޖައްސަން ޖެހުނު" ކަމަށެވެ. އަދި، "ފްލައިޓް ޖެއްސުމާއެކު ފުލުހުން ވަނީ އެ މީހާ ފްލައިޓުން ބާލާފައި. އޭގެ ފަހުން ފްލައިޓް ވަނީ ޕޯޓޯއަށް ދަތުރުކޮށްފައި" ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، މި އަމަލުތައް ހިންގި މީހާއަކީ 26 އަހަރުގެ ޕޯޗުގީޒް ރައްޔިތެކެވެ. އޭނާގެ މެޑިކަލް ތަހުލީލުތަކުން ދައްކާ ގޮތުގައި އޭނާ ހުރީ ޑެލީރިއަމް އަދި އެއަރސިކްނެސްގެ ހާލަތެއްގައެވެ. މިހާރު އޭނާ ވަނީ ފްރާންސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން