ސައިންސް

ސެޕްޓެމްބަރު 7 ގައި ފަހުގެ އަހަރުތަކުގެ އެންމެ ދިގުދެމިގެންދާ "ބްލްޑްމޫން" ހަނދުކޭތަ ހިފަނީ

ސެޕްޓެމްބަރު 7 ގައި ފަހުގެ އަހަރުތަކުގެ އެންމެ ދިގުދެމިގެންދާ "ބްލްޑްމޫން" ހަނދުކޭތަ ހިފަނީ

"ބްލްޑްމޫން"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޯގަސްޓު 2025، 05:31

25 އޯގަސްޓު 2025، 05:31

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) ގެ އުޑުމަތިން، ހައިރާންކުރުވަނިވި އަދި އާދަޔާ ޚިލާފަށް ދިގުދެމިގެންދާ ފުރިހަމަ ހަނދުކޭތައެއް ފެނިގެންދާނެއެވެ. މި ހާދިސާގައި ހަނދު ގަދަ ރަތްކުލައަކަށް ބަދަލުވެ، ޖުމުލަ 82 މިނެޓަށް ކޭތަހިފާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ފަހުގެ އަހަރުތަކުގައި ހިނގާ އެންމެ ދިގު ހަނދުކޭތަތަކުގެ ތެރެއިން ކޭތައެކެވެ.

މި ހަނދުކޭތަ ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެންނާނެ ކަމަށް ލަފާކުރެވޭއިރު، ޔޫ.އޭ.އީ. ގެ ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ނޭވާ ހިފަހައްޓާލަންޖެހޭފަދަ  މި ހާދިސާ ބަލާލުމުގެ ނާދިރު ފުރުސަތެއް ލިބިގެންދާނެއެވެ. މި ހާދިސާ ފާހަގަކުރުމަށްޓަކައި އާންމު ހަރަކާތްތަކާއި، ދުނިޔޭގެ ފެންވަރުގައި ލައިވްސްޓްރީމްތައް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

"ބްލަޑްމޫން" އަށް – ތަފްސީލީ ނަޒަރެއް:

ސެޕްޓެމްބަރު 7، 2025 ގައި ޔޫ.އޭ.އީ. އަށް ފެންނާނެ މި ފުރިހަމަ ހަނދުކޭތައަކީ، ދުނިޔެ، އިރާއި ހަނދާ ސީދާ އެއް ރޮނގަކަށް އައުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދުގެ މައްޗަށް އެޅިގެން ހިނގާ ހާދިސާއެކެވެ. މިގޮތަށް އެއް ރޮނގަކަށް އައުމުގެ ސަބަބުން ހަނދުގެ ކުލަ ރަތް، ކޮޕަރ ނުވަތަ އޮރެންޖް ކުލައަކަށް ބަދަލުވެއެވެ. މި ހާދިސާއަށް "ލޭގެ ހަނދު" ނުވަތަ "ބްލަޑް މޫން" ގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ.

ހަނދު ރަތްކުލައަށް ބަދަލުވުމުގެ ސިއްރަކީ، އިރުގެ އަލި ދުނިޔޭގެ ތެރެއިން ނެއްޓިގެން ދާއިރު، ކުދި ނޫ އަލީގެ ރާޅުތައް ފިލައި، ދިގު ރަތް ކުލައިގެ އަލީގެ ރާޅުތައް ހަނދުގެ މައްޗަށް ފޯރުމެވެ.

މި ހަނދުކޭތަ އާދަޔާ ޚިލާފަށް ފާހަގަކުރެވޭ އެއް ސަބަބަކީ، ކޭތަހިފާ ވަގުތުތު 82 މިނެޓަށް ދިގުދެމިގެންދިއުމެވެ. އަދި ޖުމުލަ ހަނދުކޭތަ ގާތްގަނޑަކަށް ފަސް ގަޑިއިރާއި ބައިގެ ވަގުތަށް ދިގުދެމިގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިފާ އެންމެ ދިގު ހަނދުކޭތަތަކުގެ ތެރެއިން ކޭތައެކެވެ. ދުބާއީ އެސްޓްރޮނޮމީ ގްރޫޕް (ޑީ.އޭ.ޖީ.) އިން ބުނާ ގޮތުގައި، މި ހާދިސާ ދިގުދެމިގެންދާ ވަގުތުގެ ގޮތުން ނާދިރުވުމުގެ އިތުރުން، ދުނިޔޭގެ އާބާދީގެ 87 އިންސައްތައަށް މި މަންޒަރު ފެނުމުގެ ފުރުސަތު ލިބުމަކީ ވެސް އާދަޔާ ޚިލާފު ކަމެކެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން