Ads by Stelco

ޚަބަރު

ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް ބުދަދުވަހަށް ތާވަލުކޮށްފި

ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް ބުދަދުވަހަށް ތާވަލުކޮށްފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2025، 07:02

25 އޯގަސްޓު 2025، 07:02

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހު އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

 ނަމަވެސް މި ޖަލްސާ ބާއްވަން ނިންމެވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވަނީ، މި ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރައްވާނެ ކަމަށެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖިލިސް ޗުއްޓީއަށް ދިއުމަށްފަހު، މިދިޔަ ހަފްތާގެ ބުދަ ދުވަހު ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހުގައެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ދެވަނަ ދައުރުގައި ޖުމްލަ 27 ޖަލްސާ ބޭއްވިފައިވެއެވެ. މި ޖަލްސާތަކުގައި 46 ގަޑިއިރުގެ މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، މި ދައުރުގައި 127 ކޮމިޓީ ބައްދަލުވުން ބޭއްވި، 91 ގަޑިއިރާއި 29 މިނެޓުގެ މަސައްކަތް ކުރެވިފައިވެއެވެ.

ދެވަނަ ދައުރުގެ މަސައްކަތްތަކަށް ބަލާއިރު، 24 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދެވުނު އިރު، އޭގެ ތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. މަޖިލީހުގެ މި އަހަރުގެ ތިންވަނަ އަދި އެންމެ ފަހު ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. މި ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން