ޚަބަރު
ހުޅުމާލޭގެ ވޯޓާރ ޕާކް ހަދަން ދޫކޮށްފައިވާ ސަރަޙައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ވޯޓަރ ތީމް ޕާކް---

ފަރުދުން
25 އޯގަސްޓު 2025، 07:12
25 އޯގަސްޓު 2025، 07:12
ހުޅުމާލޭގެ ވޯޓާރ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަޙައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު މިހާތަނަށް ޙިއްސާކޮށްފައެއް ނުވެއެވެ.
މި ޕާކު ހުންނަނީ ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ ހައިވޭއާ ދިމާލުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށެވެ.
އެތާ ހަދަން ފެށި ވޯޓަރ ޕާކްގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ކުރިއަށް ގެންގޮސްފައި ނުވާތީ އާއި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައިވުމުން، ކޮންކްރީޓުގެ ބައެއް މަސައްކަތް ކުރުމަށްފަހު އެ ތަނުގެ އެއްވެސް މަސައްކަތެއް ނުހިނގާތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ހޭދަވެފައެވެ.