ކުޅިވަރު

ސަސް ފުރަތަމަ ޑިވިޝަނުން ވަކިވެއްޖެ

ސަސް ފުރަތަމަ ޑިވިޝަނުން ވަކިވެއްޖެ

ސަސްގެ ކެޕްޓަނެއްގެ ގޮތުގައި އަލީ އަޝްފާގު ވެސް ކުޅެފައިވޭ، ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޯގަސްޓު 2025، 09:17

25 އޯގަސްޓު 2025، 09:17

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެގައި ބުނީ، ސަސްގެ މާލީ ހާލަތު ހުރި ގޮތުންނާއި އެކި ސަބަބުތަކާ ހުރެ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތް ކަމަށް އަންގާފައިވާކަމަށެވެ.

އަދި ޚަބަރު ލިބިފައިވާ ގޮތުގައި، ސަސްއަށް ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވުނަސް، އެ ޓީމުން ދެވަނަ ޑިވިޝަނުގައި ވާދަކުރާނެއެވެ.  

ފަސް އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވާ ސަސް ތިންވަނަ ޑިވިޝަނުގައި ފުރަތަމަ ވާދަކުރީ 2016ވަނަ އަހަރެވެ. އަދި އޭގެ ދެ އަހަރު ފަހުން 2018ގައި އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ. 

ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އެ ޓީމު އެރުމަށް ވެސް ގިނަ ދުވަހެއް ނުވެއެވެ. އެގޮތުން ޖެހިގެން އައި ސީޒަންގައި ދެވަނަ ޑިވިޝަނުގެ ފައިނަލް ކުޅުމަށްފަހު ފުރަތަމަ ޑިވިޝަނަށް ސަސް ވަނީ ޕްރޮމޯޓުވެފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު ވެސް ސަސްގެ ޖާޒީގައި ފެނިފައިވެއެވެ. އޭނާ ވަނީ އެ ޓީމުގެ ކެޕްޓަނެއްގެ މަޤާމު ވެސް އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން