Ads by Stelco

ޚަބަރު

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2025، 11:06

25 އޯގަސްޓު 2025، 11:06

އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫ.އެން.އެޗް.އާރް.ސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް 2025 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ. މި މަޤާމަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މި މަޤާމާއެކު، އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާ ދިވެހިރާއްޖެއާ ހަވާލުވެގެންދާނެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ރާއްޖެއަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. އަދި އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މީގެއިތުރުން ކޮންމެ މީހަކަށްވެސް އިންޞާފުވެރި، އެންމެންގެ ބައިވެރިވުން އޮތް، ޝާމިލު ދުނިޔެއަކަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން