ޚަބަރު
މީޑިއާތައް ކޮންޓްރޯލް ކުރުމަށް އެއްވެސް ޝައުގެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
26 އޯގަސްޓު 2025، 01:13
26 އޯގަސްޓު 2025، 01:13
މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް ޝައުގެއް ހުންނަކަމެއް ނޫންކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރިހާ މީޑިއާތަކުން ވެސް މަސައްކަތްކުރަން ވާނީ ޒިންމާދާރުކަމާއެކުގައި ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީއެއް، ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއް ކަމުގައި ވިޔަސް، ނުވަތަ މީޑިއާ ކަމުގައި ވިޔަސް، މިއިން ކޮންމެ ބައެއްގެވެސް ޒިންމާތަކެއް އޮތްކަން އެ މަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ގެންދެވުމަށް ކަމަށާއި، ސަރުކާރުގެ ޒިންމާއަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ފުރިހަމައަށް ހާސިލުކޮށްދެއްވުން ކަމުގައެވެ. އަދި ރާއްޖޭގެ ކަންކަން ފުރިހަމަ ގޮތުގައި ގެންދިއުމުގައި އެންމެންގެ ޒިންމާވެސް އެބައޮތްކަމަށާއި، ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެހެން ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީޑިއާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަށް މީޑިއާތަކުގެ ކޮންޓްރޯލް އެއްވެސް ވަރަކަށް ލިބޭނެ ގޮތަކަށް އެކަން ނުކުރެއްވުމަށް މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުންނަށް ދަންނަވާފައިވާނެކަމަށެވެ. އަދި ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް