Ads by Stelco

ޚަބަރު

ކުމުންދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙުކުރައްވައިފި

ކުމުންދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙުކުރައްވައިފި

ކުމުންދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސް އިފްތިތާޙުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 01:33

27 އޯގަސްޓު 2025، 01:33

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް އިފްތިތާޙުކުރައްވައިފިއެވެ.

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ހދ. ކުމުންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނާއެކު މިކަމުގައި ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު، އަދި އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.

ކުމުންދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ ސަބަބުން، ހަށިގަނޑަށް އެތެރެކުރުމަށް އެކަށޭނަ ބޯފެނާއި، ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ލިބޭނެއެވެ. ހަމަ އެހެންމެ، ވާރޭފެން ރައްކާކުރާ ތާންގިތަކާއި، ރިވަރސް އޮސްމޯސިސް (އާރް.އޯ.) ޕްލާންޓްތަކާއި، ސޯލަރ ހަކަތަ ބޭނުންކުރާ އިދާރީ ޢިމާރާތަކާއި، ލެބޯރޓަރީއަކާއި، ސިވެރެޖް ޕަމްޕް ސްޓޭޝަން ތަކާއި، ގޭގޭގައި ހަރުކުރެވިފައިވާ ފެން މީޓަރުތަކާއި، ފެނާއި ނަރުދަމާގެ ހޮޅިތަކުގެ ނިޡާމާއި، ނަރުދަމާ ހޮޅިތަށް ކަނޑަށް ބޭރުކުރުމެ ނިޡާމު ވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނިގެންވެއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން