Ads by Stelco

ޚަބަރު

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޯގަސްޓު 2025، 03:12

29 އޯގަސްޓު 2025، 03:12

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. 

މި ބިލަކީ، މިމަހުގެ 18 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

މި ބިލު ފާސްކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިދޭންޖެހޭ ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ. އެގޮތުން، ވަކި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓް ވެންޗަރއެއް އުފެއްދުމަށް ނުވަތަ އޭގެ ބައިވެރިއަކަށް ވުމުގެ ޤާނޫނީ ބާރުވެރިކަން މި ބިލުގެ ސަބަބުން އެމްއެމްއޭ އަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގޭނީ އެމްއެމްއޭ ގެ ލައިސަންސް ނުވަތަ ހުއްދަ ލިބިގެންކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ލައިސަންސް ނުވަތަ ހުއްދަ ނެތި، އެފަދަ ޚިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައިގެންނުވާނެ ކަމަށް ބަޔާންކޮށް، ޕޭމަންޓް ޚިދުމަތް ސޮލިސިޓްކުރުން ވަނީ މަނާކޮށްފައެވެ. އަދި، ޕޭމަންޓް ޚިދުމަތް ސޮލިސިޓްކުރާ ފަރާތްތަކަށް 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެމްއެމްއޭ އަށް ވަނީ ލިބިފައެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން