Ads by Stelco

ޚަބަރު

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

31 އޯގަސްޓު 2025، 08:41

31 އޯގަސްޓު 2025، 08:41

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

މެލޭޝިއާގެ މި މުނާސަބާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު އިބްރާހީމް އިސްކަންދަރަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި، މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުވާކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަމުން، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ މި ގާތްގުޅުން މިގޮތުގައި ދަމަހައްޓާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 



މެލޭޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ 31 ވަނަ ދުވަހެވެ. އެގޮތުން މި އަހަރު ފާހަގަކުރަމުން ދަނީ އެ ޤައުމުގެ 68 ވަނަ މިނިވަން ދުވަހެވެ.

ދިވެހިރާއްޖެއިން މެލޭޝިއާއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 1968 ވަނަ އަހަރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން