ޚަބަރު
ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ރަޙުމަތެއް: ރައީސުލްޖުމްހޫރިއްޔާ

އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން / 17 ފެބުރުވަރީ 2024، ފޮޓޯ: ރައީސް އޮފީސް
ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ޢާއިލާތަކުގެ މެދުގައި ލޯތްބާއި ކުލުނު ދެމެހެއްޓުމަށް މާމައިންނާއި ކާފައިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަން ސިފަކުރެއްވީ އިލާހީ ރަޙްމަތެއްގެ ގޮތުގައެވެ.
ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް. މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު. pic.twitter.com/PXMk9cb7Ns
— Dr Mohamed Muizzu (@MMuizzu) September 1, 2025
އަދި ދުވަހުގެ ތަޙުނިޔާ، ދިވެހި ހުރިހާ މާމައިންނާއި ކާފައިންނަށް އެ މަނިކުފާނު ވަނީ އަރިސްކުރައްވާފައެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގަ އާއި ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ބޮޑު ކަމުގައެވެ.
ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު.
— First Lady Sajidha Mohamed (@sajidhaamohamed) September 1, 2025
އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ދަންނަވަން. pic.twitter.com/X1wU3bnKkE
މާމަ ކާފަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފަވަނީ، 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މާމަ ކާފަ ދުވަސް ފާހަގަކުރަނީ، ޢާއިލާ ބިނާކުރުމާއި ދަރިން ތަރުބިއްޔަރުކުރުމުގައި ކާބަފައިންގެ ދަޢުރު ފާހަގަކޮށް، އެކަން ބަލައިގަނެ ޝުކުރުޢަދާކުރުމަށެވެ.