Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރެއްވުން.

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 09:53

02 ސެޕްޓެމްބަރު 2025، 09:53

ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ.) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އާ ބައްދަލުކުރައްވައިފިއެވެ. އެސް.ސީ.އޯ. ސަމިޓު ގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވެއެވެ. ހަމައެހެންމެ، މިދިޔަ އަހަރު ބޭއްވި ކޮޕް 29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

‎ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން ދެޤައުމުގެ އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމުގެ މަޝްވަރާތައް ހިމެނެއެވެ.

‎މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން