ޚަބަރު
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

މި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ޑިސިޕްލިން އިންސްޕެކްޝަން ކޮމިޝަނުގެ ސެކްރެޓަރީ އަދި ޕޮލިޓްބިއުރޯ ސްޓޭންޑިންގ ކޮމިޓީގެ މެންބަރ ލީ ޝީ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލީ ޝީ އާއި މިއަދު ބައްދަލުކުރެއްވީ ބެއިޖިންގައި ހުންނަ ޑިއައޯޔުޓައި ސްޓޭޓް ގެސްޓްހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނުގެ އަރިހުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު އަދި ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަންގެ ސެކްރެޓަރީ ލީ ޝީ ތަމްސީލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، އެސެސް.ސީ.އޯ ސަމިޓަކީ ވަރަށް މުހިންމު މަންސައެއް ކަމަށާއި، ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން ގަދައަޅައި މަސައްކަތްކުރާނެ ކަމަށާއި، މި ގުޅުމަކީ އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ލީ ޝީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޢަމަލީގޮތުން އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ، ލީ ޝީ، ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ދެއްވި ފަރިއްކޮޅަކުންނެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި އިޙްތިރާމް ދައްކުވައިދޭ ކަމެކެވެ.