ކުޅިވަރު / ޚަބަރު

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ސެޕްޓެމްބަރު 2025، 06:59

07 ސެޕްޓެމްބަރު 2025، 06:59

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025ގެ ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް ދެ މެޗު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ. ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ"އެވެ.

ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ އެކި ކެޓަގަރީތައް ކާމިޔާބުކުރި ކުޅުންތެރިންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. 

މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ އެ ކުޅުންތެރިންނަށް އަރުވާފައެވެ.

މި މަހުގެ 1އިން 6އަށް ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 347 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އަދި ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނުގެ ކުޅުންތެރިން ވެސް މި މުބާރާތުގައި ވާދަކުރިއެވެ.

މުބާރާތުގައި ކުޅުންތެރިން ވާދަކުރި ކެޓަގަރީތަކުގެ ތެރޭގައި 9 އަހަރުންދަށާއި، 11 އަހަރުންދަށާއި، 13 އަހަރުންދަށާއި، 15 އަހަރުންދަށާއި، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާ ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން