Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 11:42

07 ސެޕްޓެމްބަރު 2025، 11:42

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

މި ކޮމިޝަނަށް ތިން ބޭފުޅުން ޢައްޔަންކުރައްވާއިފަނީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން، ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ/މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325/ޑޮކްޓަރ ޙުސައިން ފާއިޒް، އަދި މ. ވައިޓްބެލް/ޑޮކްޓަރ ދީބާ މޫސާއެވެ. 

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ވަނީ، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވާފައެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް ހުޅުވާލާފައިވަނީ، އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު މިމަހުގެ 3 ވަނަ ދުވަހަށް ހަމަވުމާއި ގުޅިގެންނެވެ. މުއްދަތު ހަމަވި މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްއެވެ.

މި ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނާއެކު، މިހާރު ޖުމްލަ 5 މެންބަރުން ތިއްބަވާނެއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި، ކޮމިޝަނުގެ މެންބަރުން ކަމަށްވާ ޑޮކްޓަރ ޙުސައިން ފާއިޒް، ޑޮކްޓަރ ދީބާ މޫސާ، އަދި ފާތިމަތު ހަބީބާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން